އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު، އަނަންތު އަމްބާނީގެ ކައިވެނި ހަފުލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

ދުނިޔޭގެ އެކި ފަންނުތަކުގެ އެންމެ މަތީ ސަހުސިއްޔަތުންނަށް ދައުވަތު ދީގެން ކުރިއަށް ގެންދާ، ގަރުނުގެ އެންމެ ބޮޑު ކައިވެނީގެ ގޮތުގައި މަޝްހޫރު ވެފައިވާ ކައިވެނީގެ ހަފްލާތައް މީގެ އެތައް ދުވަހެއް ކުރިން ވަނީ ފަށާފައެވެ.

އެންމެފަހުން އަނަންތު އަމްބާނީ އާއި ރަދިކާ މާޗަންޓުގެ ކައިވެނި މިއަދު ކޮށްފައިވާއިރު އެ ހަފްލާއަށް ރައީސް ނަޝީދު ވެސް ވަޑައިގެންނެވިކަން މިހާރު އާންމުވެފައިވާ ފޮޓޯތަކުން ވަނީ އެނގިފައެވެ. މިކަން ރައީސް ނަޝީދު ކަށަވަރު ކޮށްނުދެއްވިޔަސް، އެމަނިކުފާނު ގެންގުޅުއްވާ ނުރަސްމީ އެކްސް ހޭންޑްލްގައި ވަނީ އަމްބާނީގެ ކައިވެނީގެ ހަފްލާގެ ވީޑިއޯތައް އާންމު ކުރައްވާފައެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި ރައީސް ނަޝީދަކީ އެކި ގައުމުތަކުގެ ސިޔާސީ ވެރިންނާއި އަދި މަހުޖަނުންނާއި އަދި މަޝްހޫރު މީހުންނާ ގާތް ގުޅުމެއް ބާއްވަވާ އަދި ބައިނަލްއަގުވާމީ މުޖުތަމައުގައި ސަމާލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން