ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ރ. އިނގުރައިދުއަށް 600 ކިލޯވަޓުގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.

ފެނަކައިން ބުނީ ރ. އިނގުރައިދުއަށް އާ ޖަނަރޭޓަރު ފޮނުވުނުގެ އިތުރުން އެހެނިހެން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އަދި ދާދިފަހުން ފެނަކައިން ވަނީ ތ. ވަންދޫގައި އެންމެ ޒަމާނީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން ޤާއިމުކޮށްފައެވެ. ހާއްސަކޮށް އޮފް-ގްރިޑް އޮޕަރޭޝަނަށް ފަރުމާކުރެވިފައިވާ މި ނިޒާމުގެ ސަބަބުން، ދުވާލުގެ ވަގުތުގައި 7 - 8 ގަޑިއިރަށް އެ ރަށުގެ ޑީސަލް ޖަނަރޭޓަރުތައް ނިއްވާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ދަނީ ރާއްޖޭގެ ރައްރަށުގައި އެ ކުންފުނިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިންޖީނުގެތަކުގައި އިންޖީނުތައް އިތުރުކޮށް ހަރަދުތައް ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައްވެސް ގާއިމުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން