އިމިގްރޭޝަންގެ ވެހިކަލަކަށް ގެއްލުން ދިން ބިދޭސީ މީހާ ޑީޕޯޓްކޮށްލަން ނިންމައިފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން "އެކްސް"ގައި ވިދާޅުވީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ މަސައްކަތަށް ހުރަސް އަޅާ އަދި ވެހިކަލަށް ބިދޭސީ އަކު ގެއްލުންދިން ކަމަށެވެ.
އެ ފަރާތް މިވަގުތު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ އަދި ކޮން ޖިންސެއްގެ މީހެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
"އަދި ވީ އެންމެ އަވަހަކަށް އިމިގްރޭޝަން ޤާނޫނުން ހަރުކަށި ފިޔަވަޅު އެޅުމަށްފަހު ޑީޕޯރޓް ކުރެވޭނެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަން ފަސް ޖެހުމެއް ނެތި އަދި ބިރަކަށް ސިހުމެއް ނެތި ކުރިއަށް ދާނެ!" އޭނާ ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ ވެސް ހަތް ބިދޭސީއަކު ހައްޔަރުކުރި އެވެ.
އެގޮތުން މާލޭގައި ޓޭކްއަވޭ/ ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށް އެތަންތަނުން ބިދޭސީ ހަ ފިރިހެނަކާއި އެއް އަންހެނެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ރޭ ހިންގި އޮޕަރޭޝަނުގައި ތިން ބިދޭސީން ހިންގަމުންދިއަ ކެފޭއެއް ބަންދުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު