ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެކަހެރިކުރުމުގެ ފައިދާކުރާނީ އެ މީހުން އަދާކުރާ ވަޒީފާތައް ދިވެހީން އަދާކުރަން ފެށުމުން ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ އަދި ހާއްސަކޮށް ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިހާރު ކޮންމެ ރެއަކުހެން ދަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުން ނެވެ. އަދި ކޮންމެ ރެއަކު އެފަދަ ބިދޭސީން ދަނީ އަތުލައިގަންނަމުން ނެވެ.

އެކަމަށް އިޝާރާތް ކުރައްވައި މަތީން އެކްސްގައި ވިދާޅުވީ ޤަވާޢިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އެކަހެރިކުރުމުގެ ފައިދާކުރާނީ ހިއްވަރުލާފައި ދިވެހިން ނިކުމެ އެ އުފެދޭ ހުސްޖާގަތައް ފުރަން މަސައްކަތްތައް ކުރަން ފެށުމުން ކަމަށެވެ.

"ނޫންނަމަ އެކި ސަބަބުތަކާހުރެ ދުވަސްކޮޅަކުން އޮންނާނީ ފުރިބަނދަރަށް ދާންޖެހިފައެވެ." އޭނާ އިތުރަށް ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ އެކަނިވެސް ހަތް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް އިކޮނޮމިކް މިނިސްޓްރީން މި މަހު ވަނީ ކަނޑައަޅައި އާންމުކޮށް އިއުލާންވެސް ކޮށްފަ އެވެ. އެ ދާއިރާތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން