ކޮއްޓެއްގައި ދެމީހަކު ބަންދުކުރި މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ރަށެއްކަމަށް ބެލެވޭ ތަނެއްގައި ދެމީހަކު ކޮށްޓެއްގައި ބަންދުކޮށް އެމީހުންގެ ގަޔަށް މެދުކެނޑުމެއްނެތި ފެންޖަހާ މަންޒަރު ފެންނަ ވީޑިއޯ ތަކެއް މީސްމީޑިއާގައި ދައުރުވަމުން ދިއުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެމައްސަލަ ބަލަމުންދާ ކަމަށެވެ.
ދައުރުވަމުންދާ ވީޑިއޯގައި އެމީހުން ދައްކަމުންދިޔަ ވާހަކަތަކަށް ބަލާއިރު މިއީ ފައިސާއާ ގުޅުންހުރި ކަމެއްކަމަށް ލަފާކުރެވެއެވެ. އަދި ކޮށިން ބޭރުގައި ހުރި މީހަކު ހޮޅިއަކުން ކޮށީގައި ބަންދުކޮށްފައިވާ ދެ މީހުންގެ ގަޔަށް ފެންޖަހަމުންދާ މަންޒަރު ފެނެއެވެ.
މި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު