އާއްމުންގެ ބަޔަކު ވެގެން ކޮއްޓެއްގައި ދެމީހަކު ބަންދު ކުރީ ރެސްޓޯރެންޓަކަށް ފައިސާ ނުދީގެން ކަމަށް ފުލުހުން ބުނެފިއެވެ.

ދެމީހަކު ކޮށްޓެއްގައި ބަންދުކޮށް އެމީހުންގެ ގަޔަށް މެދުކެނޑުމެއްނެތި ފެންޖަހާ މަންޒަރު ފެންނަ ވީޑިއޯ ތަކެއް މީސްމީޑިއާގައި ދައުރުވުމާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެމައްސަލަ ބަލަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ މާލޭގައި ކަމަށާއި، ހާދިސާ ހިނގަން މެދުވެރިވީ، ރެސްޓޯރެންޓަކުން ކެއުމަށްފަހު ފައިސާ ދައްކާފައި ނުވާތީކަން އެނގިފައިވާ ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯގައި އެމީހުން ދައްކަމުންދިޔަ ވާހަކަތަކަށް ބަލާއިރުވެސް މިއީ ފައިސާއާ ގުޅުންހުރި ކަމެއްކަމަށް ލަފާކުރެވެއެވެ. އަދި ކޮށިން ބޭރުގައި ހުރި މީހަކު ހޮޅިއަކުން ކޮށީގައި ބަންދުކޮށްފައި ތިބި ދެ މީހުންގެ ގަޔަށް ފެންޖަހަމުންދާ މަންޒަރު ފެނެއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން