ސިޔާސީ ޕާޓީތަކުން ކޮންމެ އަހަރަކު ވެސް ހުށަހަޅަންޖެހޭ އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާތީ 3 ޕާޓީއެއް އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަންގެ އިތުރުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް، މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ އަދި ދަ ޑިމޮކްރެޓްސް އިން އެ މުއްދަތު ހަމަވިއިރު ވެސް ރިޕޯޓު ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިޕޯޓު ހުށަނާޅާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮންމެ ޕާޓީއެއް ވެސް 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް، އެ ޕާޓީޔަކުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އަދަދަށް ބަލައި ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން ސިޔާސީ ދެތިން ޕާޓީއަށްު އެތައް މިލިއަން ރުފިޔާ ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން