މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ފަށާފައިހުރި ގިނަ މަޝްރޫއުތަކެއް ހުރީ ހުއްޓިފައި ކަމަށާއި ނަމަވެސް މިހާރު އޭގެ ތެރެއިން ގިނަ މަޝްރޫއުތައް އަލުން ފަށައިގެން ބާރަށް ކުރިއަށް އެބަ ދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީ ޒުހައިރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނިން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތައް ހުރީ ހުއްޓިފައި ކަމަށެވެ. އެގޮތުން ބައެއް މަޝްރޫއުތައް ހުއްޓިފައި ހުންނަތާ 7 މަސް ދުވަސްވަރު އޭރު ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެ ކުންފުނިން އެންމެ ފުރަތަމަ ފެށި މަސައްކަތަކީ މަޝްރޫއުތަކަށް ބޭނުންވާ ރޯ މެޓީރިއަލްތައް ރަށްރަށަށް ގެންދިޔުމުގެ މަސައްކަތް ކަމަށާއި ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް މިހާރު 27 ރަށެއްގައި އެކި މަޝްރޫތައް ފެށިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ ކުންފުންޏާއި ހަވާލުވެ ވަޑައިގެންނެވިއިރު ކުންފުނީގެ ދަރަނި އޮތީ ވަރަށް ބޮޑުކޮށް ކަމަށާއި ނަމަވެސް، އެ ހާލަތުގައި ކުންފުނި އޮއްވާ ވެސް ގިނަ މަޝްރޫއުތައް ފެށިގެން ކުރިއަށް އެބަދާކަމަށެވެ. އަދި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މެނޭޖުމަންޓުން ފިޔަވަޅުތަކެއް އަޅާފައިވާކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މަހަކު 17 މިލިއަން ރުފިޔާ ސަލާމަތް ކުރެވެމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ސްޓްރެޓެޖިކް ޕްލޭނަކާއިއެކު ކުންފުނި ރިފޯމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު