ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މިރޭ މާލޭގައި ހުރި ވިޔަފާރި ތަންތަން ބަލައި ފާސްކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަނުން މިރޭ ބުނީ، މިރޭގެ އޮޕަރޭޝަންގައި މާލޭގައި ހުރި 3 ޓޭކްއަވޭ/ކެފޭ އާއި، 2 ފިހާރަ އާއި، ކާބޯތަކެތި ޑެލިވަރީ ކުރަމުންދާ ތަނަކާއި އިތުރު 1 ފިހާރައެއް ބަލައި ފާސްކޮށްފައިވާކަމަށާއި މި އޮޕަރޭޝަންގައި ބިދޭސީ 6 ފިރިހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ފަށާފައިވާ އޮޕަރޭޝަންގައި މިދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 120 އަށްވުރެ ގިނަ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
އަދި އެފަރާތްތަކަށް ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓު ކޮށްލުމުގެ މަސައްކަތް އިމިގްރޭޝަނުން މިހާރު ދަނީ ކުރަމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވިދާޅުވެފައިވަނީ، ގަވާއިދާއި ހިލާފަށް އުޅެ އެކި ކުށްތަކަށް އަރައިގެންފައިވާ ދެހާހެއްހާ ބިދޭސީން، މި ސަރުކާރު އައިފަހުން ވެސް ޑީޕޯޓް ކޮށްލާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު