މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތަކަށް ޖާގަދިނުމުގެ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ހުސްވަގުތަށް ފަހު އަލުން ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އެވަގުތު ޖަލްސާއަށް ޙާޟިރުވެ ތިއްބެވީ ނިސްބަތުން މަދު މެންބަރުންތަކެއް ކަމަށެވެ. އަދި ގިނަ މެންބަރުން ތިއްބެވީ ކޮމެޓީތަކުގެ މަސައްކަތްތަކުގައި ކަމަށް އަބްދުއް ރަޙީމް ވިދާޅުވިއެވެ.

އެހެންކަމުން ކޮމެޓީތަކުގެ މަސައްކަތްތަކަށް ޖާގަދިނުމުގެ ގޮތުން މިއަދުގެ ޖަލްސާ ނިންމާލިކަން އަބްދުއްރަހީމް ވަނީ އިއުލާން ކުރަށްވާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވަނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. މުއްތަލިބާ ސުވާލު ކުރެއްވުމާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތެވެ.

މިއަދު ބާއްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ 14ވަނަ ޖަލްސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން