މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޭން މަޝްވަރާ ކޮށްފައިވާ ކަމަށް ސިޓީތަކާއި ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ، މިއަދު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި، ސިޓީ ކައުންސިލްގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމާމެދު ގޮތެއް ހޯދުމަށް އިމިގްރޭޝަނާ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.



އެލްޖީއޭގެ އެ ބައްދަލުވުމުގައި، ކައުންސިލަރުންނަށް ޑިޕްލޮމަޓިކް ޕާސްޕޯޓު ދެވޭ ގޮތަށް އުސޫލު ބަދަލު ކުރަން ހުށަހެޅީ ތިނަދޫ ސިޓީ ކައުންސިލުންނެވެ.

ޑިޕްލޮމަޓިކް ޕާސްޕޯޓު މިހާރު ލިބެމުން ދަނީ ދައުލަތުގެ ތިން ބާރުގެ ވެރިންގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލިސް ހިމެނޭހެން ސަރުކާރުގެ އިސް ވެރިންނާއި އެ ބޭފުޅުންގެ އާއިލާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން