ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ފުރިހަމަ ތާޢީދުކުރަށްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިމޭރުމުން ވިދާޅުވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވާފައިވާ، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރަށްވަމުންނެވެ.
މި ބިލަށް ބަހުސް ކުރަށްވަމުން ޤާސިމް މިއަދު ވިދާޅުވީ ރާއްޖޭގައި ކުށްކުރުމުގެ ވައްޓަފާޅި މިއަދު ބަދަލުވަމުންދާ ކަމަށާއި އެކަންކަމާ ގުޅިގެން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަމަށް އިންސާފު ލިބޭނީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް ބައެއް ބަދަލުތައް ގެނެސްގެން ކަމަށް ޤާސިލް މިއަދު ވިދާޅުވިއެވެ.
“މިއަދުގެ ދުނިޔެ ތަރައްޤީވެފައިވާ މިންވަރަށް ބަލާއިރު އަޅުގަނޑުމެންނަށް ކޮންމެހެން ކުރަން ލާޒިމް ވެފައިވާ ކަމެއް ކަމަށް މެނުވީ އަޅުގަނޑު ނުދެކެން މި އިސްލާޙް މިގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނައުން މީ.” ޤާސިމް މިއަދު ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އިންސާފުގެ މަގަށް ޙުކުމް ކަނޑައެޅުމަށް ފަނޑިޔާރުންނަށް އެހީތެރިވުމަށްޓަކައިވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙަށް ފުރިހަމައަށް ތާޢީދު ކުރަށްވާ ކަމަށް ޤާސިމް މިއަދު ވަނީ ވިދާޅުވެފައެވެ.
ޤާސިމް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ތާޢީދު ކުރަށްވާފައިވާއިރު ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރަކް ހުށަހެޅުއްވި ބިލުގައިވަނީ މީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އިސްތިއުނާފް ކޮށްފިނަމަ އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކުރެވިދާނެ ކަމަށެވެ.
އެހެން ނަމަވެސް ގަސްތުގައި މީހަކު މެރުމާއި، މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ޙަމަލާދީ، އެ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ކޮށްފައިވާ ކަމަށް ސާބިތުވުމާއި، ޓެރަރިޒަމްގެ ޢަމަލެއް ހިންގުމާ، ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުންވާފަދަ ޢަމަލެއް ހިންގިކަމަށް ސާބިތުވުން ފަދަ މައްސަލަތަކުގައި ކާފާލާތު ނުދެވޭނެ ކަމަށް ބިލުގައި ވެއެވެ.
އޭގެއިތުރުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށްކުށުގެ މައްސަލައިގެ އިތުރުން ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެހެން ޤާނޫނަކުން ކަނޑައަޅާފައިވާ މައްސަލަތައް ސާބިތުވެފައިވާ މީހުންނަށް ވެސް ކަފާލާތު ނުދެވޭނެ ކަމަށް ބިލުގައި ބަޔާން ކޮށްފައިވެއެވެ.
ސަރުކާރުން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ. އެގޮތުން ބަންދުގައިވާ މީހަކު ވަކި ޝަރުތުތަކަކާއެކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެ މާއްދާގެ (ށ) ގެ ދަށުން ކޯޓުން ނިންމައިފި ހާލަތުގައި އެފަދައިން ކަނޑައަޅާ ޝަރުތުތައް ވާންވާނީ، އެފަދައިން ދޫކޮށްލެވޭ މީހާގެ މައްޗަށް ކަނޑައެޅޭ، އެކަށީގެންވާ އަދި އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ނިންމާ ސަބަބާގުޅޭ އަމަލީގޮތުން ފުރިހަމަ ކުރެވޭނެ ޝަރުތުތަކެއް ކަމުގައި ބަޔާން ކޮށް (ނ) ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު