ބޮޑެތި މައްސަލަތައް ތަޙުޤީޤުކުރާ ފުލުހުންވެސް މިއަދު ތިބީ ބިރުވެރިކަމުގެ ތެރޭގައި ކަމަށާއި އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
ޠާރިޤް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވާފައިވާ، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރަށްވަމުންނެވެ.
މި ބިލްގެ ބަހުސްގައި ޠާރިޤް ވިދާޅުވީ ރާއްޖޭގައި ކުށްކުރުމަށް ބޭނުންކުރާ އުކުޅުތައް ޒަމާނާ އެއްގޮތަށް ބަދަލުވެފައިވާ ކަމަށާއި އެހެންކަމުން މައްސަލަތައް ތަހުޤީޤު ކުރާ ފުލުހުންނަށްވެސް ފުރިހަމަ ރައްކާތެރިކަން ދޭންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ފުލުހުން މައްސަލަ ތަހުޤީޤުކޮށް ނިމޭއިރު ކުށްވެރިޔާ ހުންނާނީ ސަލާމަތްވެފައި ކަމަށް ޠާރިޤް ވިދާޅުވިއެވެ.
އެހެންކަމުން ކުށުގެ ވެއްޓަށް އަންނަ ބަދަލުތަކާ އެއްވަރަށް ފުލުހުންވެސް ތަމްރީން ކުރަންޖެހޭ ކަމަށާއި ވަށާޖެހޭ ގޮތަކަށް ކުށްކުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ޠާރިޤު ވަނީ ގޮވާލައްވާފައެވެ.
“ބައެއް ފަހަރު ފުލުހުންގެ އިދާރާގެ އައިއޯއެއް މަސައްކަތް ނިންމާލާފަ ގެއަށްދާއިރު އެބަ ހަމަލާދޭ މަގުމަތިން. އޭނައަށް ޔަގީންކަމެއް ނޯވޭ އޭނާއާއި އޭނާގެ އަނބިދަރިންގެ ސަލާމަތްތެރިކަމާ ދޭތެރޭ. މި ހިސާބަށް ދާ ކަމަށްވަންޏާ އެމީހުން ވެސް ތިބޭނީ ބިރުވެރިކަމެއްގެ ތެރޭގައި.” ޠާރިޤް ވިދާޅުވިއެވެ.
އޭގެ އިތުރުން ފުލުހުންނަށް އިތުރު ނުރަނގަޅު ނުފޫޒެއް ނުފޯރާނެ ގޮތަށް ކަންތައްތައް ބައްޓަންކުރަންޖެހޭ ކަމަށް ޠާރިޤު މިއަދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު