ކަފާލާތުގެ ޤާނޫނު ވުޖޫދުވުމުން ވާނުވާ ޖެހުން ނިމުމަކަށް އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ސުޖާއު މިބީދައިން ވިދާޅުވެފައިވާއިރު ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރަކް ހުށަހެޅުއްވި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވަނީ މީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އިސްތިއުނާފް ކޮށްފިނަމަ އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކުރެވިދާނެ ކަމަށެވެ.
އެބިލަށް އަލިއަޅުވާ ލައްވަމުން މަޖިލީހުގެ މިއަދުގެ ބަހުސް ވަގުތުގައި ޝުޖާއު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ބޮޑެތި އުންމީދުތަކެއް ރައްޔިތުންނަށް ދެއްވުމަށްފަހު ކަމަށާއި އެގޮތުން ކުށްތަކުގައި ތުހުމަތުކުރެވޭ މީހުން ކަފާލާތުގެ ދަށުން ދޫކުރަން ފެށުމުން ވާނުވާޖެހުން ނިމުމަކަށް އަންނާނެ ކަމަށެވެ.
“މިއޮށް އަންނަންފެށީ އެކަންތައް. މި ނިޒާމް ފުރިހަމަވީމާ ވާނުވާ ޖަހާފަކާ ޖަލަކު ނުތިބޭނެ. އެއީ ރައީސް މުޢިއްޒު ބޭނުންފުޅުވާ ގޮތެއް ނޫން.” ޝުޖާއު މިއަދު ވިދާޅުވިއެވެ.
އެމްޑީޕީގެ އެޖެންޑާ19 ވެގެން ދިޔައީ ރައްޔިތުންނަށް ބޮޑު ބަލިމަޑުކަމަކަށް ކަމަށާއި ޢަދުލު އިންސާފު ލަސްވުމަކީ އިންސާފު ނުލިބުންކަމަށް ރައްޔިތުން ބުނަމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ހަމައެހެންމެ ފަނޑިޔާރުންވެސް ކަފާލާތުގެ ޤާނޫނެއް ނެތުމުން ކަފާލާތުގެ ދަށުން މީހުން ދޫކުރެވެން ނޯންނާނެ ކަމަށް ވިދާޅުވި ކަމަށާއި ރައީސް ޔާމީނަށް ކަފާލާތު ނުލިބުމުން ޕީއެންސީ ފިކުރުގެ ރައްޔިތުން ކަރުނައަޅާ ރުއިކަމަށް ޝުޖާ މިއަދު ވިދާޅުވިއެވެ. ނަމަވެސް އެކަމަށް ރައީސް މުއިއްޒު މިގެނެސްދެއްވަނީ އެންމެ ފުރިހަމަ ޙައްލުކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
“ޖަލުގައި އެބަތިއްބޭ ބައިވަރު ޒުވާނުން ވާނުވާ ޖަހާފައި. އެއީ އިންސާފު ނުލިބުންކަމަށް އެ ޒުވާނުން ޤަބޫލު ކުރޭ. މި ފަރުވާގެ ސަބަބުން ވާނުވާ ޖަހާފައި ތިބި އެތައް ޒުވާނުންތަކަކަށް ހައްލު ލިބިގެންދާނެ.” ބިލުގެ ބަހުސްގައި ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު މިމޭރުމުން ވިދާޅުވެފައިވާއިރު ގަސްތުގައި މީހަކު މެރުމާއި، މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ޙަމަލާދީ، އެ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ކޮށްފައިވާ ކަމަށް ސާބިތުވުމާއި، ޓެރަރިޒަމްގެ ޢަމަލެއް ހިންގުމާ، ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުންވާފަދަ ޢަމަލެއް ހިންގިކަމަށް ސާބިތުވުން ފަދަ މައްސަލަތަކުގައި ކާފާލާތު ނުދެވޭނެ ކަމަށް އެ ބިލުގައި ވެއެވެ.
އޭގެއިތުރުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށްކުށުގެ މައްސަލައިގެ އިތުރުން ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެހެން ޤާނޫނަކުން ކަނޑައަޅާފައިވާ މައްސަލަތައް ސާބިތުވެފައިވާ މީހުންނަށް ވެސް ކަފާލާތު ނުދެވޭނެ ކަމަށް ބިލުގައި ބަޔާން ކޮށްފައިވެއެވެ.
ސަރުކާރުން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ. އެގޮތުން ބަންދުގައިވާ މީހަކު ވަކި ޝަރުތުތަކަކާއެކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެ މާއްދާގެ (ށ) ގެ ދަށުން ކޯޓުން ނިންމައިފި ހާލަތުގައި އެފަދައިން ކަނޑައަޅާ ޝަރުތުތައް ވާންވާނީ، އެފަދައިން ދޫކޮށްލެވޭ މީހާގެ މައްޗަށް ކަނޑައެޅޭ، އެކަށީގެންވާ އަދި އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ނިންމާ ސަބަބާގުޅޭ އަމަލީގޮތުން ފުރިހަމަ ކުރެވޭނެ ޝަރުތުތަކެއް ކަމުގައި ބަޔާން ކޮށް (ނ) ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު