މިފްކޯއަށް ސީއީއޯއެއް ހޯދަން ކުރި އިއުލާން ބާތިލުކޮށްފި އެވެ.

މަހަކު ދެ ލައްކައެއްހާ ރުފިޔާ ލިބޭ ގޮތަށް އަދި ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.

އަދި އިއްޔެ ވަނީ އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފަ އެވެ.

ނަމަވެސް ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުރިން ކުރި އިއުލާން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. އިއުލާން ބާތިލުކުރި ސަބަބެއްގެ ގޮތުގައި ބުނީ ޝަރުތު ހަމަވާ އެއްވެސް މީހަކު ކުރިމަތިލާފައިނުވާތީ ކަމަށެވެ.

އެ އިއުލާން ބާތިލުކުރި އިރު މިފްކޯގެ ކުރީގެ ޑެޕިއުޓީ ސީއީއޯކަން މީގެ ކުރިން ކުރެއްވި އާތިފް ޝަކޫރުވެސް އެ މަގާމަށް ކުރިމަތިލެއްވި އެވެ.

މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެ މަގާމުން ވަކި ކުރުމުން ނެވެ. ސަމާހު އެ މަގާމުން ވަކި ކުރުމަށް ފަހު ފަހުން ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން