ފޮޓޯ: މަޖިލީސް
ފޮޓޯ: މަޖިލީސް
އޮޅުވާލައިގެން ފައިސާ ފޭރުމުގެ މައްސަލަތައް ގިނަވެފައިވާތީ އެ މައްސަލައިގައި ބެންކް އޮފް މޯލްޑިވްސްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ހާޒިރުކުރުމަށް އެ ކޮމެޓީން ނިންމައިފިއެވެ.

މިއަދު އޮތް އެ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ އަމިއްލަ މީހުންގެ ބެންކް އެކައުންޓުތަކުން އެ ފަރާތްތަކަށް ނޭނގި ފައިސާ ގެއްލޭ މައްސަލައިގައި މަޖިލީހުގެ 19 ވަނަ ދައުރުގައި ކޮމެޓީން ތައްޔާރު ކޮށްފައިވާ ރިޕޯޓާމެދު މަޝްވަރާ ކޮށްފައެވެ.

އެ ރިޕޯޓު ބަލާ ޗެކު ކުރުމުގެ ތެރެއިން ބައެއް މެންބަރުން ވަނީ ބީއެމްއެލްއާއި ގުޅޭގޮތުން އާންމު ރައްޔިތުން ކުރަމުންދާ ޝަކުވާތަކުގެ އިތުރުން، އިތުރު ބައެއް ކަންބޮޑުވުންތައް ވެސް ފާހަގަ ކުރައްވާ ވާހަކަ ދައްކަވާފައެވެ.

އަދި އޭގެ ފަހުން ވެސް ސްކޭމްގެ މައްސަލައަށް ހައްލެއް ލިބިފައިނުވާތީ ބީއެމްއެލް ކޮމެޓީއަށް ހާޒިރު ކުރުމަށް މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ހުށަހެޅުއްވިއެވެ. އަދި އޭގެފަހުން ކޮމެޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ ފުލުހުންނާއި ކަރެކްޝަންސް އަދި އެމްއެމްއޭގެ އިސްވެރިން ކޮމެޓީއަށް ހާޒިރު ކުރުމަށް ސިޓީ ފޮނުވުމަށް ހުށަހަޅުއްވާފައެވެ. އަދި އެގޮތަށް ކޮމެޓީން މިއަދު ފާސްކުރިއެވެ.

މިއަދުގެ ބައްދަލުވުމުގައި މެންބަރުންވަނީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބީއެމްއެލްއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން