ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މަގާމުން ދުރުކުރަން އެންޓި ކޮރަޮޕްޝަން ކޮމިޝަނުން ލަފާދީފައި އޮތް އިރުވެސް އޭނާ ވަކިނުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ނިންމައިފި އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ ސައީދު މަގާމުން ވަކި ކުރަން ލަފާ ދިނީ މިހާރުގެ އޭސީސީ މެމްބަރުންގެ ކުރިން އެ ކޮމިޝަންގައި ތިއްބެވި މެމްބަރުން ކަމަށެވެ.

އެހެން ނަމަވެސް ސައީދު މަގާމުން ވަކިނުކޮށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އޭރު އެ ކޮމިޝަންގައި ތިއްބެވި ހުރިހާ މެމްބަރުން ވަކި ކުރިކަން ނާޒިމް ފާހަފަ ކުރެއްވި އެވެ.

އެހެންވެ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ނާޒިމް އިއްޔެ ވިދާޅުވި އެވެ.

ފެނަކައަކީ ނިމިގެން ދިޔަ ސަރުކާރުގެ ވެރިކަމުގެ ދުވަސްވަރުވެސް ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވުނު ކުންފުންޏެކެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ދިޔައީ ފެނަކަ ސައީދު ދިފާއު ކުރައްވަމުންކަން އޭރުގެ އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.

އޭސީސީން މި ހަފްތާގައި ބުނިގޮތުގައި އެ ކޮމިޝަން މިހާރު ދަނީ ފެނަކައިގެ އިސް ވެރިންނާ ގުޅޭ ބޮޑު ހަ މައްސަަލައެއް ބަލަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން