މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ޢަބްދުالله
މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ޢަބްދުالله
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވަޒީރުންނާއި ސުވާލު ކުރެއްވުމަށް މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 45 ސިކުންތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލު ކުރެއްވުމުގެ ވަގުތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު ރާފިޢު އަށް ސުވާލު ކުރަށްވަމުން ގެންދަވަނިކޮށް މަޖިލީހުގެ ރައީސް ވަނީ ޝުޖާއުގެ މައިކުން އަޑު ކަނޑުއްވާ ލައްވާފައެވެ.

އެއަށްފަހު އަބްދުއް ރަޙީމް ވިދާޅުވީ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ތަޅުމުގައި ވަޒީރުންނާއި ސުވާލު ކުރެއްވުމަށް މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 45 ސިކުންތު ކަމަށެވެ. އަދި އެނޫން ގޮތަކަށް އެކަން ކުރިއަށް ގެންދެވެން ނެތްކަމަށް އަބްދުއްރަޙީމް މިއަދު ވިދާޅުވިއެވެ.

“ސުވާލު ބައްޓަން ކުރަންވާނީ އެ 45 ސިކުންތު ތެރޭގައި އެ ސުވާލު ކުރެވޭ ގޮތަށް.. އެ ނޫން ގޮތަކަށް މާ ދިގުކޮށް ދޭން ވެއްޖެއްޔާ އަޅުގަނޑުމެންނަކަށް މިކަމެއް ނުއެއް ކުރެވޭނެ.” އަބްދުއް ރަޙީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް މެންބަރު ޝުޖާއުގެ މައިކުން އަޑު ކަނޑުއްވާ ލެއްވުމުން ޕީއެންސީން ކޮންޓްރޯލްކުރާ މަޖިލީހުގެ ތަޅުމުގައި މިއަދު ކޮންމެވެސް ވަރަކަށް އަޑުވެސްވަނީ ގަދަވެފައެވެ.

އަބްދުއްރަޙީމް ވިދާޅުވީ މެންބަރު ސުވާލު ކުރަށްވަމުން ދަނިކޮށް ވަގުތު ހަމަވެއްޖެނަމަ ސުވާލު ފުރިހަމަ ކުރަން ވަގުތުކޮޅެއް ދެއްވާނެ ކަމަށާއި ނަމަވެސް ޚިޔާލާއި ސްޓޭޓްމަންޓް ދިނުމަށް ސުވާލުގެ ވަގުތުގައި ފުރުސަތު ނުދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން