މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް
މަރުކަޒީ ބޭންކުގެ ގަވަރނަރ އަލީ ޙާޝިމަށް މަޖިލީހަށް ޙާޟިރުވުމަށް މާލިއްޔަތު ކޮމިޓީން ދިން ފަހު ފުރުސަތުގައިވެސް އާލާސްކަންފުޅާ އުޅުއްވާތީ އެކަމަށް އުޒުރުވެރިވެ ވަޑައިގެންފިއެވެ.

ގަވަރުނަރު އަލީ ހާޝިމް މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ނުގެންދަވާ ކަމަށް ބުނެ، މަގާމުން ވަކިކުރަން ހުށަހަޅާފައި މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މީގެ ކުރިން އެރުވި ދެ ފުރުސަތުގައިވެސް އޭނާވަނީ މަޖިލީހަށް ޙާޟިރުވެ ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގެންފައެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހިމް ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީއަށް ވަޑައިގަތުމަށް އަލީ ޙާޝިމް އުޒުރުވެރިވެވަޑައިގަންނަވާކަމަށް އެ ކޮމިޓީއަށް ސިޓީއަކުން އަންގަވާފައިވާ ކަމަށެވެ.

ކޮމިޓީއަށް ޖަވާބުދާރީވުމަށް އެރުވި ފަހު ފުރުސަތަށްވެސް އަލީ ހާޝިމް އިޖާބަ ދެއެްވާފައި ނުވާތީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އޭނާ މަޤާމުން ވަކިކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

އަލީ ހާޝިމް މަޤާމުން ވަކި ކުރެއްވުމަށް ހުށައެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ. އެގޮތުން އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރުގެ މަސްއޫލިއްޔަތު އަލީ ހާޝިމް އަދާނުކުރަށްވާތީ މިވަގުތު އެ އޮތޯރިޓީއަަށް އާ ލީޑާޝިޕެއް ބޭނުންވާ ކަމަށް މަޖިލީހަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި ވެއެވެ.

މި މައްސަލައަށް ލިޔުމުން ފޮނުއްވާފައިވާ ޖަވާބުގައި އަލީ ޙާޝިމް ވިދާޅުވީ މި ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ދައުލަތުގެ ރަސްމީ ރިޒާވަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން އެކި މަރުހަލާގައި އެމްއެމްއޭގެ އިރުޝާދާއި ލަފާ ލިޔުމުން ސަރުކާރާއި މަޖިލީހަށް ދީފައިވާ ކަމަށާއި ފިނޭންސް މިނިސްޓްރީ އާއި މަޖިލީހާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން ތަކުގައިވެސް އެކަންކަން ހިއްސާކޮށްފައިވާނެ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނު ކޮށްފައިވަނީ މިދިޔަ އެމް.ޑީ.ޕީ ގެ ވެރިކަމުގައި 8 ސެޕްޓެމްބަރު 2019 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން