ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު
ފާއިތުވި ދެތިން މަސްދުވަހު ކަރަންޓް ބިލު ބޮޑުވި މައްސަލަ ބަލަން އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ.

މުޙައްމަދު އިބްރާހިމް ހުށައެޅުއްވި ކުއްލި މައްސަލައިގައި ވަނީ ކަރަންޓު ބިލު ބޮޑުވާ ކަމަށް ބުނެ މިދިޔަ އޭޕްރިލް މަހު އާންމުން ޝަކުވާ ކުރުމުން ސްޓެލްކޯއިން ބިލުތަކަށް ލުއި ދީފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ގޭގެއަށް ފޮނުވި ބިލުތައްވެސް ބޮޑު ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް މުޙައްމަދު އިބްރާހިމް ވިދާޅުވިއެވެ.

“ ތަފްސީލު ލިބުނު ބައެއް ބިލްތަކުގައި ބިލްތައް ހެދިފައިވަނީ އެވްރެޖް ބިލެއްގެ ގޮތުގައި ކަން ވަނީ ފާހަގަކުރެވިފައި.” މުޙައްމަދު އިބްރާހިމް ހުށައެޅުއްވި ކުއްލި މައްސަލާގައިވެއެވެ.

އެހެންކަމުން ކަރަންޓު ބިލުތައް ބޮޑުވާގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެ މައްސަލާގައިވެއެވެ.

މިމައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ ވޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން