ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގައި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން ބުނެފި އެވެ.

ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން، އެކޯޓަށް ހާޒިރުކުރުމަށް، ފުލުހުންގެ ބެލުމުގެދަށަށް ގެންނަން އުޅެނިކޮށް 38 އަހަރުގެ ދިވެހި ފިރިހެނަކަަށް އަނިޔާވީ އޭނާ ފިލަން އުޅުމުގެތެރޭގައެވެ.

އޭނާ ފިލަން މަސައްކަތް ކުރީ ކުޑަދޮރަކުން ފުންމާލައިގެން ނެވެ.

ނަމަވެސް އޭނާ ފުންމާލިތަނާ ޖެހުނު ގޮތުން ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބި މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ނެވެ.

އާއިލާއިން ބުނީ އެ ހާދިސާގައި އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި އަދި މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

މިހާދިސާ ގައި ފުލުހުން އަމަލުކުރިގޮތާއިމެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާއި އާއިލާއިން ހިއްސާކޮށްފައިވާތީ އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން