މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ވަޑައިނުގެން ގަދަ ހެއްދެވުމަކީ ކުރެއްވި ކުށެއް ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

މެމްބަރު ސަލީމް ވިދާޅުވީ މި މައްސަލައިގައި ގަވަނަރު މަގާމުން ވަކިކުރަން ޖެހޭ ކަމަށާއި ގަވަރުނަރު މަޖިލީހަށް ހާޒިރު ނުވީ އާލާސްކަންފުޅުގައި އުޅުއްވާތީ ކަމަށް ވިދާޅުވާއިރު އެކަމުގެ ހެއްކެއްގެ ގޮތުގައި ޑޮކްޓަރުގެ ސެޓްފިކެޓެއް ނޫނީ ލިޔުމެއް ވެސް ފޮނުއްވާފައި ނުވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އެމްއެމްއޭ ގަވަރުނަރަކީ ރާއްޖޭގެ އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ މަގާމުގައި ހުންނެވި ބޭފުޅާ ކަމަށް ވާއިރު ކޮމިޓީން އާދޭސްކޮށްގެންވެސް މަޖިލިހަށް ގަވަނަރު ވަޑައިނުގެންނެވި ކަމަށެވެ.

އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަނީ އެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ބޭނުން ވާތީއެވެ. އަދި ގަވަނަރު މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ފެންނަ ކަމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުން ވަނީ ނިންމާފައެވެ. މީގެ ކުރިން ގަވަނަރަށް ވަނީ މަޖިލީހުގައި ޖަވާބުދާރީވާން ތިން ފުރުސަތު ދީފައިކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން