ރައްޔިތުންގެ މަޖިލީހުން ޖަލްސާތައް ކުރިޔަށް ދަނިކޮށް ކަރަންޓު ކެނޑުމުން މިއަދުގެ ޖަލްސާ ހުއްޓާލައިފިއެވެ.

މަޖިލީހުން ބުނީ މިއަދު 1:20 ހާއިރު މަޖިލީހުގެ އިދާރާ އިން ކަރަންޓު ކެނޑިފައިވާ ކަމަށާއި ކަރަންޓު ކެނޑުމުން ލައިވް ފީޑް ކެނޑި މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށެވެ.

މަޖިލީހުން ކަރަންޓު ކެނޑުމަށް ފަހު އަލުން ކަރަންޓު ލިބުނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ފަހުން ކަމަށް މަޖިލީހުން ބުނެއެވެ. މަޖިލީހަށް އަލުން ކަރަންޓު ލިބުނީ ބެކަޕް ޖަނަރޭޓަރެއް ބޭނުން ކޮށްގެން ކަމަށް ބުނާއިރު މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެ ޖެނަރޭޓަރުން ކަރަންޓު ލިބިފައި ވަނީ މަޖިލީހުގެ ޗެމްބަރަށް އެކަނި ކަމަށް ވުމުން ޖަލްސާ ކުރިޔަށް ނުގެންދަން ނިންމީ ކަމަށެވެ.

ނާޒިމް ވިދާޅުވީ ސްޓްރީމް ކުރެވެމުން ދާތީ އާއި ބެކަޕް ޖެނަރޭޓަރުގައި ޖަލްސާ ކުރިޔަށް ގެންދެވޭނީ ކިހާ ވަގުތަކަށް ކަމެއް ނޭނގޭތީ މިއަދުގެ ޖަލްސާ ނިންމާލަން ނިންމާފައިވާ ކަމަށެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާ ހުއްޓާލާފައިވާއިރު ކޮޓަރިތަކުން ވެސް ކަރަންޓް ކެނޑިގެން މަސައްކަތް ހުއްޓާލާފައިވާ ކަމަށް މަޖިލީހުން ބުނެއެވެ. އެގޮތުން މިއަދު 14:00 ގައި ބާއްވަން ތާވަލް ކުރި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ސޯޝަލް އެންޑް ފެމެލީ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރަން އޮތް ބައްދަލުވުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން