ފާތިމަތު ނަޒީފާ އަޙްމަދު   17 ޖުލައި 2024 - 18:28
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެނދިޔަ ރެއިޑްތަކުން، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ޖުމުލަ 2069 ބިދޭސީން ފުރުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން މިފަހުން ކުރިއަށް ގެންދިޔަ ރެއިޑްގައި 118 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނެފައި ވަނީ، ޑްރަގާއި ގޭންގް މާރާމާރީ ތަކުގައި 141 ބިދޭސީން، އަދި ހަށިވިއްކުމުގެ މައްސަލައިގައި 65 ބިދޭސީން ވޭތުވެދިޔަ އަށް މަސް ތެރޭގައި ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.

އިގިމްރޭޝަނުން ބުނީ، ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތް ކޮށްގެންނާއި ވިސާ ނުވަތަ ލިޔެކިޔުމަށް ބަދަލު ގެނެސްގެންވެސް ބިދޭސީން އަތުލައިގަނެ، ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޚާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ފަށާފައިވަނީ ހުސްވި ޖޫންމަހުގެ ފަހު ކޮޅުއެވެ. މި ޖޮއިންޓް އޮޕަރޭޝަންގެ ތެރެއިން ހިފަހައްޓާފައިވާ ބިދޭސީންގެ ތެރެއިން ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތައް ދެނެގަނެ، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯރޓްކޮށް ފޮނުވާލެވޭނެކަމަށް މީގެ ކުރިން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން