ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު
މުވައްޒަފަކަށް ފިޔަވަޅު އަޅާނަމަ ކުރެވޭ ތުހުމަތު މުވައްޒަފަށް އަންގަންވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ މުވައްޒަފުންތަކެއް ސަސްޕެންޑް ކޮށްފައިވާކަމަށްބުނެ ދައުރުވަމުންދާ ޚަބަރަކާ ގުޅިގެން އޮންލައިން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި މުއާޒު ވިދާޅުވީ މުވައްޒަފަކަށް ފިޔަވަޅު އަޅާނަމަ ކުރެވޭ ތުހުމަތު މުވައްޒަފަށް އަންގަންވާނެ ކަމަށެވެ.

މުއާޒް މިމޭރުމުން ވިދާޅުވެފައިވާއިރު ދާދިފަހުން ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޙަލީމް މީސްމީޑިއާގައި ވިދާޅުވެފައިވަނީ ބިލެއްދޫ ފެނަކައިގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ބިރު ދެއްކުމުގެ މަގުސަދުގައި ވަޒީފާއިން ސަސްޕެންޑު ކުރަމުންދާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބިލެއްދޫ ފެނަކަ ބްރާންޗްގެ ބައެއް މުވައްޒަފުންނަށް ފެނަކައިން ފޮނުވި ސިޓީގައި ބުނެފައިވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން 16 ޖުލައި އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށް ވަގުތީ ގޮތުން އޮފީހުގެ މަސައްކަތަށް ނުކުތުން މަނާ (ސަސްޕެންޑް) ކުރެވިފައިވާ ކަމަށެވެ.

މި މައްސަލާގައި ފެނަކައިން ރަސްމީކޮށް މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން