މ. މުލީގައި ކަރަންޓު ދިނުމަށް ބެހެއްޓިފައި ހުރި 2 ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށުން ކަރަންޓުގެ ޙިދުމަތް ކެނޑިފައިވާތީ އާ ޖެނެރޭޓަރެއް ގެންގޮސް ކަރަންޓުގެ ހިދުމަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެރަށަށް ކަރަންޓުގެ ހިދުމަށް ދެމުން ގެންދާ ފެނަކައިން ބުނެފިއެވެ.

ފެނަކައިން ބުނީ މުލީގެ އިންޖީނުގޭގައި އިންޖީނަށް މައްސަލަ ދިމާވި ވަގުތުން ފެށިގެން އެ ކުންފުނީގެ ޓީމުތަކުން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އިތުރު 600 ކިލޯވަޓު ގެ އައު ޖަނަރޭޓަރެއް ރަށަަށް ގެންދެވިފައިވާ އިރު، އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރެވެމުންދާ ވާހަކަ ވެސް ދަންނަވަމެވެ" ފެނަކައިން މައުލޫމާތު ދިނެވެ.



މުލިން ކަރަންޓު ކެނޑިފައިވާތާ 24 ގަޑިއިރު ވެފައިވާއިރު ފެނައިން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ފެނަކައިން ވަނީ މި ހާލަތުގައި ރައްޔިތުންނަށް ދިމާވާނެ އުނދަގޫތަކަށް މަޢާފަށް އެދޭ ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން