އިއްޔެ ކާނާ ވިހަވި ފުލުހުންގެ ތެރެއިން މިހާރު އައިސީޔޫގައި ފަރުވާ ދެމުންދަނީ ދެ ފުލުހުންނަށް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ކާނާ ވިހަވީ އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގައި ތަމްރީން ހަދަމުންދިޔަ ފުލުހުންތަކެކެވެ.
އެގޮތުން 32 ފުލުހަކު ކާނާވިހަވެގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކުރި އިރު ރޭ ފުލުހުން ބުނީ ފަސް މީހަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ފުލުހެއްގެ ހާލު ސީރިއަސް ކަމަށް ބުނެފައި ވެއެވެ.
ނަމަވެސް މިއަދު މެންދުރު ފުލުހުން ބުނީ މިހާރު އައިސީޔޫގައި ތިބީ ދެ ފުލުހުން ކަމަށާއި އެ މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
އެޑްމިޓްކުރި އެހެން ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ.
"ރޭގެ ހާދިސާގައި ޕޮލިސް ކޮލެޖަށް އެހީތެރިކަން ފޯރުކޮށްދެއްވި އައްޑޫގެ ހުރިހާ މުއައްސަސާތަކަށް ޝުކުރު ދަންނަވަން. ވަކިން ޚާއްޞަކޮށް އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ވެރިންނާއި މުއައްޒަފުން، ސަދަން ރީޖަންގެ ސިފައިން އަދި ރެޑް ކްރެސެންޓްގެ އެހީތެރިކަން ފާހަގަކޮށްލަން." ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު