އާދައިގެ އެއްވެސް މުވައްޒަފެއްގެ މުސާރަ އުނިކޮށްފައި ނުވާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯގެ އާދައިގެ ވަޒީފާތަކުގައި ތިބި ފަރާތްތައް ވަޒީފާއިން ވަކިކުރާކަމަށާއި އެ މުވައްޒަފުންގެ މުސާރަވެސް ކުޑަކުރާކަމަށް ބައެއް ފަރާތްތަކުން ބުނެ މީސް މީޑިޔާގައި ވާހަކަތައް ދައްކަމުންދާއިރު މިފްކޯއިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

“ރަސް އޮންލައިން”އަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) ވިދާޅުވީ އެއްވެސް އާދައިގެ މުވައްޒަފެއްގެ މުސާރައިން އެއްވެސް އެއްޗެއް އުނި ކޮށްފައި ނުވާނެ ކަމަށާއި މުސާރަތައް އުނިކޮށްފައި ވަނީ ޖެނެރަލް މެނޭޖަރާއި ސީނިޔާ މެނޭޖްމަންޓް ލެވެލްގެ މުވައްޒަފުންގެ އެކަނި ކަމަށެވެ.

މިފްކޯ އިން ދެމުންދާ އެލަވެންސާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޭޑް ވިދާޅުވީ މުވައްޒަފުންނަށް ދޭ އެލަވެންސް އެންމެންނަށް ހައްގު މިންވަރަށް ލިބޭގޮތް ހެދުމަށް ކަންކަން ތަރުތީބު ކުރުމަކީ ނުހައްގު ކަމަކަށްވުރެ ހައްގު ގޮތުގަ ކަންކަން ތަރުތީބު ކުރުން ކަމަށެވެ.

ސަރުކާރުގެ އެހެނިހެން ކުންފުނިތަކެކޭ އެއްގޮތަށް މިފްކޯއިން ވެސް އަންނަނީ ބޭކާރު ހަރަދުތައް ކުޑަކޮށް މުވައްޒަފުންނަށް ނުހައްގުން ލިބެމުންދާ ފައިސާތައް ނުލިބޭގޮތަށް އުސޫލުތަކާއި ގަވައިދުތައް ބަދަލުކުރުމުންނެވެ. އަދި އެފަދަ ކަންކަން ކުރިޔަށް ވުރެ ރަނގަޅަށް ބަލައި އިސްލާހުކުރަމުން ދާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން