މީގެ ކުރިން ކޭއެފްސީ އައުޓްލެޓަށް ކަޅުތެޔޮޖެހުމާ ގުޅިގެން ފުލުހުން ޙަރަކާތްތެރިވަނީ
މީގެ ކުރިން ކޭއެފްސީ އައުޓްލެޓަށް ކަޅުތެޔޮޖެހުމާ ގުޅިގެން ފުލުހުން ޙަރަކާތްތެރިވަނީ
މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް އަނެއްކާވެސް ތަޅާލައިފިއެވެ.

ކޭއެފްސީ އައުޓްލެޓްގެ ބިއްލޫރި ގަނޑެއް ރޭގެ ވަގުތެއްގައި ތަޅާލާފައިވާއިރު މީގެ ކުރިން މިމަހުގެ 15 ވަނަ ދުވަހުވެސް އެތަނުގެ ބިއްލޫރިގަނޑެއް ވަނީ ތަޅާލާފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ރޭ ފަތިހު 04:32 ހާއިރު ގާބުރިއަކުން ޖަހައި، ކޭއެފްސީ އައުޓްލެޓްގެ ބިއްލޫރިތައް ތަޅާލާފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ.

އަދި އެކަން މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މާލޭޣައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލާފައި ވާއިރު، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން މީގެ ކުރިން ވަނީ ކޭއެފްސީ ކައިރީ މުޒާހަރާކޮށް ކަޅުތެޔޮވެސް ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން