ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަލުން ފަށައިފިއެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަލުން ފަށާފައިވާއިރު މިވަގުތު ކުރަނީ ރަންވޭ ނިންމުމުގެ މަސައްކަތެވެ.
މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ހުއްޓިފައިވާ ކަމަށްބުނެ މީގެކުރިން އެރަށުގެ ރައްޔިތުންވަނީ އިޙްތިޖާޖުވެސް ކޮށްފައެވެ.
އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި ސަރުކާރުގެ ފިކުރަކީ ތަރައްޤީގެ ފިކުރުކަމަށާއި އެހެންކަމުން މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫޢު ހުއްޓާނުލައްވައި ނިންމަވައި ދެއްވާނެކަމުގެ ޔަޤީންކަން މަގޫދޫ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މަގޫދޫ އެއަރޕޯޓު ތަރައްޤީ ކުރަނީ ޕްރައިވެޓް ޖެޓްތައް ޕާކުކުރެވޭނެ ގޮތަށެވެ. ހަމައެއާއެކު ފްލައިޓްތަކަށް ޚިދުމަތް ދިނުމަށް ފިއުލް ފަރމެއްވެސް އެއަރޕޯޓުގައި ޤާއިމުކުރާނެއެވެ. މީގެއިތުރުން އެއަރލައިންތަކުގެ ކްރޫއިންނަށް ތިބެވޭނެ ގޮތަށް ހޮޓަލެއްވެސް ހަދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސް ޞާލިޙްގެ ސަރުކާރުން މަގޫދޫގައި ފެށި އެއަރޕޯޓް ނިލަންދުއަށް ބަދަލުކުރި ކަމަށް އެމްޑީޕީން ތުހުމަތު ކުރަމުން ދިޔަ ނަމަވެސް އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވަނީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއު އެ ކުންފުނީގެ ޕްރޮޖެކްޓް ލިސްޓްގައި އަދިވެސް ހިމެނޭ ކަމަށެވެ.
މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 550 ދުވަހުގެތެރޭ ނިންމާ ގޮތަށް 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ރައީސް ޞާލިޙް އޭރު ވިދާޅުވެފައިވަނީ މަގޫދޫ އެއަރޕޯޓް ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ އެއަރޕޯޓަށް ކަމަށެވެ.
މަގޫދޫ އެއަރޕޯޓުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 264.9 މިލިއަން ރުފިޔާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު