މާލޭ ސިޓީ ކައުންސިލް ހިމެނޭގޮތުން ހަ ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓުލުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދުގެ ބައި-އިލެކްޝަން ތަކުގައި މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ 3 ގޮނޑިއަށާއި ހދ. ކުޅުދުއްފުށީ ކައުންސިލާއި، ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރުގެ އިތުރުން ފ. ބިލެތްދޫ ކައުންސިލަށް ރައީސެއް އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު ވޯޓުލުން ނިންމާލާނީ ހަވީރު 4:00 ގައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބުތަކުގައި ވޯޓުލުމަށް މާލެއާއި ރަށްރަށުގައި 25 ވޯޓު ފޮށި ބަހައްޓާފައެވެ. މާލޭގެ ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ދަނޑާއި، ޖަމާލުއްދީން ސްކޫލުގަ އެވެ. އަދި ހުޅުމާލެ ވޯޓު ފޮށި ބަހައްޓާފައި ވަނީ ރެހެންދި ސްކޫލާއި، ކާމިލް ދީދީ ޕްރީ ސްކޫލުގަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާގެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން 3 ދާއިރާއަށްވެސް ކުރިމަތިލާފައިވަނީ ޕީއެންސީއާއި އެމްޑީޕީގެ ކެންޑިޑޭޓުން އެކަނި ކަމަށެވެ.
އެގޮތުން މައްޗަންގޮޅި މެދު ދާއިރާއަށްް ވާދަކުރަށްވަނީ ޕީއެންސީގެ ފާތިމަތު އިޝާން އަލީ އާއި އެމްޑީޕީގެ ހައްވާ ޝިފާނާއެވެ.
އޭގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާއަށް ޕީއެންސީގެ ފާތިމަތު ޝައުފާ ސަލީމް އާއި އެމްޑީޕީގެ މުހައްމަދު އަލީ ޖިނާދު ވާދަކުރަށްވާއިރު ހުޅުމާލެ ދާއިރާއަށް ވާދަކުރަށްވަނީ ޕީއެންސީގެ އަލީ އައިމަން އާއި އެމްޑީޕީގެ އަހްމަދު ރަޝީދެވެ.
މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކެއް ހުސްވެފައިވަނީ އެ ދާއިރާތަކުގައި ތިއްބެވި މެމްބަރުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު