6 ކައުންސިލަރުން އިންތިޚާބު ކުރުމަށް 2 ގަޑިއިރު ތެރޭގައި ވޯޓުލީ އެންމެ 669 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކަޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ 3 ގޮނޑިއަށާއި ހދ. ކުޅުދުއްފުށީ ކައުންސިލާއި، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރުގެ އިތުރުން ފ. ބިލެތްދޫ ކައުންސިލަށް ރައީސެއް އިންތިޚާބު ކުރުމުގެ ވޯޓުލުން މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވީ ނަމަވެސް ހެނދުނު 10:00 އާ ހަމައަށް ވޯޓު ލާފައިވަނީ އެންމެ 669 މީހުން ކަމަށް އީސީން މަޢުލޫމާތު ދީފައިވެއެވެ. އެއީ 234 އަންހެނުންނާއި 435 ފިރިހެނުންނެވެ.
އީސީން ބުނީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 13112 މީހުނަށް ލިބިފައިވާ ކަމަށެވެ. މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބުތަކުގައި ވޯޓުލުމަށް މާލެއާއި ރަށްރަށުގައި 25 ވޯޓު ފޮށި ބަހައްޓާފައެވެ. މާލޭގެ ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ދަނޑާއި، ޖަމާލުއްދީން ސްކޫލުގަ އެވެ. އަދި ހުޅުމާލެ ވޯޓު ފޮށި ބަހައްޓާފައި ވަނީ ރެހެންދި ސްކޫލާއި، ކާމިލް ދީދީ ޕްރީ ސްކޫލުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު