ހުޅުމާލެއިން ފުލުހުން އަތުލައިގަތް ބަނގުރާފުޅިތައް
ހުޅުމާލެއިން ފުލުހުން އަތުލައިގަތް ބަނގުރާފުޅިތައް
ކުށުގެ ވެށީގައި ޙަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބަނގުރަލުގެ މައްސަލައެއްގެ ތަޙުޤީޤަށް ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޓަފްޖޮލް މިޔާ (23އ) އެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، ޓަފްޖޮލް މިޔާ ހޯދަމުން ދަނީ، 2024 ޖުލައި 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއްް ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރު ކުރުމަށްޓަކައި ކަމަށެވެ.



އެހެންކަމުން ޓަފްޖޮލް މިޔާ އާ ބެހޭ އެއްވެސް މައުލޫމާތެއްވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ބަނގުރަލުގެ މައްސަލައެއްގައި ހިމެނޭ ބިދޭސީއެއް ހޯދުމަށް ފުލުހުން އިޢުލާނުކޮށްފައިވާއިރު ރާއްޖޭގައި އަދަދު ނޭނގޭ މިންވަރަށް ބިދޭސީން ހަރަކާތްތެރި ވަމުން ދިއުމަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ރައީސް ޑރ. މުޢިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން