ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތް ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

މިމަހުގެ 18 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގެ އަފީފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފަށްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި ރައްޔިތުން މަޖިލިސްގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ރާއްޖޭގައި ކުނި މެނޭޖް ކުރަން ހުރި ދަތިތަަކަށާއި ވަށާޖެހޭ، ޚަރަދުކުޑަ ގޮތެެއްގައި އެ މަސައްކަތް ކުރުމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާ ލައްވާފައެވެ.



އެގޮތުން ވަޒީރު ވަނީ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ފަސް އަހަރު ދުވަހަށް ބަހާލައިގެން ކުނި މެނޭޖްކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭހެން "މަގޭ ސާފު ރާއްޖެ" މަޝްރޫއު ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ މަޝްރޫޢުގެ ދަށުން ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން، ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވިލުންވެރި ރާއްޖެއެއް ބިނާކުރުމުގައި ސަރުކާރުން ފަށާފައިވާ "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

‎ކުނި މެނޭޖުކުރުމަށް ހިންގާ "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމަކީ ހަފްތާ-14 މަގުޗާޓުގައި ހިމެނިގެން ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ޤައުމީ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި، އިޢުލާނުކޮށް ތަންފީޒުކުރަން ފެށުމުގެ ވަޢުދު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލާފައިވާ ޤައުމީ ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން