6 ކައުންސިލަރުން އިންތިޚާބު ކުރުމަށް މިއަދު ކުރިޔަށްދާ ބައި-އިލެކްޝަންތަކުގައި މެންދުރު 12:00ގެ ނިޔަލަށް ވޯޓުލާފައިވަނީ އެންމެ 11 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކަޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ 3 ގޮނޑިއަށާއި ހދ. ކުޅުދުއްފުށީ ކައުންސިލާއި، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރުގެ އިތުރުން ފ. ބިލެތްދޫ ކައުންސިލަށް ރައީސެއް އިންތިޚާބު ކުރުމުގެ ވޯޓުލުން މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފެށިނަމަވެސް މެންދުރު 12:00 އާ ހަމައަށް ވޯޓު ލާފައިވަނީ އެންމެ 1480 މީހުން ކަމަށް އީސީން މަޢުލޫމާތު ދީފައިވެއެވެ. އެއީ 623 އަންހެނުންނާއި 857 ފިރިހެނުންނެވެ.
އީސީން ބުނީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 13112 މީހުނަށް ލިބިފައިވާ ކަމަށެވެ. މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބުތަކުގައި ވޯޓުލުމަށް މާލެއާއި ރަށްރަށުގައި 25 ވޯޓު ފޮށި ބަހައްޓާފައެވެ. މާލޭގެ ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ދަނޑާއި، ޖަމާލުއްދީން ސްކޫލުގަ އެވެ. އަދި ހުޅުމާލެ ވޯޓު ފޮށި ބަހައްޓާފައި ވަނީ ރެހެންދި ސްކޫލާއި، ކާމިލް ދީދީ ޕްރީ ސްކޫލުގަ އެވެ.

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނުގައި 12:00 އާ ހަމައަށްވޯޓުލާފައިވާ ނިސްބަތް pic.twitter.com/Vr6STStox7
— Elections Commission (@ElectionsMv) July 20, 2024
އީސީން ބުނީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 13112 މީހުނަށް ލިބިފައިވާ ކަމަށެވެ. މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބުތަކުގައި ވޯޓުލުމަށް މާލެއާއި ރަށްރަށުގައި 25 ވޯޓު ފޮށި ބަހައްޓާފައެވެ. މާލޭގެ ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ދަނޑާއި، ޖަމާލުއްދީން ސްކޫލުގަ އެވެ. އަދި ހުޅުމާލެ ވޯޓު ފޮށި ބަހައްޓާފައި ވަނީ ރެހެންދި ސްކޫލާއި، ކާމިލް ދީދީ ޕްރީ ސްކޫލުގަ އެވެ.
ކިޔުންތެރިންގެ ހިޔާލު