މިއަދު ކުރިއަށްދިޔަ 6 ދާއިރާގެ ބައި-އިލެކްޝަންގައި މާލޭގެ 3 ގޮނޑިވެސް ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކާމިޔާބު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދުގެ ބައި-އިލެކްޝަން ތަކުގައި މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ 3 ގޮނޑިއަށާއި ހދ. ކުޅުދުއްފުށީ ކައުންސިލާއި، ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރުގެ އިތުރުން ފ. ބިލެތްދޫ ކައުންސިލަށް ރައީސެއް އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ 3 ގޮނޑިއަށް ވެރިކަންކުރާ ޕީއެންސީއާ ވާދަކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން މާލޭސިޓީގެ 3 ގޮނޑިވެސް ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރަށްވާފައެވެ. އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އިބްރާހިމް ޝުޖާއު ތަމްސީލް ކުރެއްވި ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ އަލީ އައިމަން އެވެ.
އަދި މައްޗަންގޮޅީ މެދު ދާއިރާގެ މަޖިލީސް ގޮނޑި ތަމްސީލު ކުރަށްވާ އަޙްމަދު ޟަމީރު އިންނެވި ކައުންސިލް ގޮނޑިވެސް ޕީއެންސީން ވަނީ ދިފާޢު ކޮށްފައެވެ. އެ ގޮނޑި ޕީއެންސީގެ ފާތިމަތު އިޝާން އަލީ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ހައްވާ ޝިފާނާ ބަލި ކުރެއްވުމަށް ފަހުއެވެ.
ހަމައެއާއެކު މިހާރު ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލު ކުރަށްވާ އަޙްމަދު އައިފާން ކައުންސިލްގައި އިންނެވި ގޮނޑިވެސް ޕީއެންސީގެ ފާތިމަތު ޝައުފާ ސަލީމް ވަނީ ދިފާޢު ކުރަށްވާފައެވެ.
މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިޔަށް ގެންދިޔަ މި އިންތިޚާބުގައި ވޯޓުލާފައިވަނީ އެންމެ 26 އިންސައްތަ މީހުން ކަމަށް އީސީން މަޢުލޫމާތު ދީފައިވެއެވެ.
މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކެއް ހުސްވެފައިވަނީ އެ ދާއިރާތަކުގައި ތިއްބެވި މެމްބަރުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު