މިއަދު ކުރިއަށްދިޔަ ކައުންސިލް ބައި-އިލެކްޝަން ގައި ބޮޑު ތަފާތަކުން އެމްޑީޕީ ބަލިކޮށް ކުޅުދުއްފުށީ ކައުންސިލް ގޮނޑިވެސް ޕީއެންސީން ކާމިޔާބު ކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް އިބްރާހިމް އަޙްމަދު ކާމިޔާބު ކުރެއްވީ 445 ވޯޓު ހޯއްދަވައިގެންނެވެ. އިދިކޮޅު އެމްޑީޕީ ކެންޑިޑޭޓް ޝަމްނޫޒަށް ލިބިފައިވަނީ 185 ވޯޓެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ދާއޫދު، 20 ވަނަ މަޖިލިހަށް އިންތިހާބުވެ ވަޑައިގަތުމާ ގުޅިގެންނެވެ.
މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި މާލޭގެ 3 ގޮނޑިވެސް ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިޔަށް ގެންދިޔަ 6 ދާއިރާގެ ކައުންސިލް އިންތިޚާބުގައި ވޯޓުލާފައިވަނީ އެންމެ 26 އިންސައްތަ މީހުން ކަމަށް އީސީން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު