ދަރިންނަށް އެސްފީނާ ޖެހިދާނެތީ ކޮންމެ މައެއް ވެސް އަދި ބަފައެއްވެސް ކަންބޮޑުވެއެވެ.
ދަރިންނަށް އެސްފީނާ ޖެހިދާނެތީ ކޮންމެ މައެއް ވެސް އަދި ބަފައެއްވެސް ކަންބޮޑުވެއެވެ.
ބައެއް މީހުން ދެކޭ ގޮތުގައި އެސްފީނާއަކީ އޭގައި އެއްވެސް ހަޤީގަތެއް ނުވާ ފްލޯކް ވާހަކަތަކެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެސްފީނާގެ ވާހަކަ ގިނަ ބޭފުޅުންނަށް އެޑުއިވިފައިވަނީ މުސްކުޅިންގެ ތުންތުންމަތިން ކަމުގައި ވާތީއެވެ.

ނަމަވެސް އެސްފީނާއަކީ ހަގީގަތެކެވެ. އެސްފީނާއަކީ އޭގެ ސަބަބުން ގިނަ ކަންތައްތަކެއް ކުރުވަފާނެ ކަމެކެވެ. އެސްފީނާގެ ޝިކާރައަކަށްވުމުގެ ސަބަބުން ބައެއް މީހުންނަށް ވަރަށް ހިތާމަވެރި ހާދިޘާތަކެއް މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ކުރިމަތިވެފައި އެބަހުއްޓެވެ. ތިބާއާ ކިތައްމެ ގާތް މީހެއްގެ ފުށުން ވެސް ތިބާއަށް ނުވަތަ ދަރިންނަށް އެސްފީނާ ޖެހުމަކީ ވެދާނެ ކަމެކެވެ.

ދަރީންނަކީ މާތް ﷲ އަޅުގަނޑުމެން އިންސާނުންނަށް މިދުނިޔެމަތީގައި ދެއްވަވާ އެންމެ ބޮޑު ނިޢުމަތެކެވެ. ދަރިންނަށް އެސްފީނާ ޖެހިދާނެތީ ކޮންމެ މައެއް ވެސް އަދި ބަފައެއްވެސް ކަންބޮޑުވެއެވެ. ތިމާގެ ލޮލުގެ ނޫރު ފަދަ ދަރިންނަށް އެއްވެސް ކަހަލަ ގެއްލުމެއް ވިއުމަކަށް މައިންބަފައިންނެއް ނޭދޭނެއެވެ. މި ލިޔުމުގައި ދަރިން ހަސަދަވެރިންގެ ލޯތަކުން ރައްކާތެރު ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ހިމަނާލާނަމެވެ.

- މާބަނޑުވުމުން އެކަން ސިއްރުކުރުން:

ބަނޑުބޮޑުވުމުން އެކަން ސިއްރު ކުރުމަކީ ބަނޑުގައި އޮތް ދަރިފުޅު ހަސަދަވެރިންގެ ލޯތަކުން ރައްކާތެރި ކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. ތިބާއަށް ނޭނގުނު ނަމަވެސް ތިބާ ދެކެ ހަސަދަވެރިވާ މީހުން ތިބާގެ ވަރަށް ވަރަށްގާތުގައި ތިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިފަދަ މީހުންނަކީ ތިބާއަށް އެއްވެސް ކަހަލަ އުފަލެއް ލިބެން އުޅޭނަމަ އެކަމަކާ ހަސަދަވެރިވާނެ މީހުންނެވެ. އެފަދަ މީހުންގެ ފުށުން ތިބާއަށާއި ތިބާގެ ބަނޑުގައި އޮތް ދަރިފުޅަށް އެސްފީނާ ޖެހުމަކީ އެކަށީގެންވާ ކަމެކެެވެ. ވީމާ މައަކަށް ވުމުގެ އުފާވެރި ހަބަރު ވީހާވެސް ގިނަ ދުވަހަކަށް ސިއްރު ކުރުމަކީ ބަނޑުގައި އޮތް ތުއްތު ފުރާނަ ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަމެކެވެ.

- ދަރީންގެ ފޮޓޯ މީސްމީޑިއާގައި ހިއްސާނުކުރުން:

ދަރިންގެ ފޮޓޯ މީސް މީޑިއާގައި ހިއްސާ ނުކުރުމަކީ ވެސް އެކުދިން އެސްފީނާ އިން ރައްކާތެރި ކުރުމަށްޓަކައި ކުރެވިދާނެ ކަމެކެެވެ. މި ޒަމާނުގައި ޒުވާން ގިނަ ބެލެނިވެރިން އެމީހުންގެ ދަރިންގެ ފޮޓޯއާއި ވީޑިއޯތައް އެއްވެސް ބިރެއްނެތި މީސް މީޑިއާގައި ހިއްސާކުރެއެވެ. ނަމަވެސް މިއީ އެހާ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ މިއީ ހަސަދަވެރިންގެ ލޯތަކުގައި އެކުދިން އަޅައިގަތުމަށް ދެވޭ ފުރުސަތަކަށްވާތީއެވެ.

- ދަރީންނަށް ލިބޭ ކާމިޔާބީގެ ވާހަކަތައް އެހެންމީހުންނާ ހިއްސާނުކުރުން:



ދަރިންނަށް ލިބޭ ކާމިޔާބީތަކުގެ ވާހަކަ އެހެން މީހުންނާ ހިއްސާ ނުކުރުމަކީވެސް އެކުދިން އެސްފީނާ އިން ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަމެކެވެ. ދަރިންނަށް ކިތަންމެ ކުޑަ ކާމިޔާބީއެއް ލިބުނު ނަމަވެސް މީސްމީޑިއާގައި ލިޔެގެންނާއި ވީޑިއޯ އަދި ފޮޓޯ އާންމު ކޮށްގެން މުޅި ދުނިޔެއަށް އެކަން އަންގަން ބޭނުންވާ މީހުންވެސް މި ރާއްޖޭގައި އުޅެއެވެ. މިގޮތަށް އެކުދިންގެ ކާމިޔާބީތައް ހިއްސާކުރުމަކީ އެކުދިންނަށް އެސްފީނާ ޖެހުމަށް މަގުފަހިވާ ކަމެކެވެ. އަދި އޭގެ ސަބަބުން އެކުދިންގެ ކުރިއެރުން ހުއްޓިގެން ގޮސްދާނެ ކަމެއްވެސް މެއެވެ.

- ދަރިން ގެއިން ބޭރަށް ނެރޭއިރު ކިޔަންޖެޔޭ ދުޢާތައް ކިޔުން:

ދަރިން ގެއިން ނެރޭއިރު ހަސަދަވެރިންގެ ކިބައިންނާއި ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްކުރެއްވެވުން އެދި ކުރަން ޖެހޭ ދުޢާތައްކޮށް ޛިކުރުކޮށްގެން ނޫނީ ގެއިން ނުނެރުމަކީވެސް ދަރިން އެސްފީނާއިން ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. އެކުދިން ލައްވާ މި ދުއާތައް ނުކިއުއްވޭނަމަ، މައިންބަފައިން އެ ދުޢާތައް ކިޔަންވާނެއެވެ. މިހެން މިކަން ކުރާނަމަ ހަސަދަވެރިންގެ އެސްފީނާއިން ދަރިން ރައްކާތެެރި ވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން