ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
އެ ބޭފުޅުން ފުރާވަޑައިގެންނެވީ ޗައިނާ-ދެކުނު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް މަޖިލީހުން ބުނެއެވެ.
އެ ވަފުދުގައި އިސްކޮށް ރާއްޖޭ ތަމްސީލުކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.
އޭގެ އިތުރުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ (އައިބީ) އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވެސް އެ ވަފުދުގައި ހިމެނިވަޑައިގަންނަވަ އެވެ.
ޗައިނާ ފޯރަމްގައި ނާއިބު ރައީސް ނާޒިމް ތަގުރީރުވެސް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މަޖިލީހުގެ ވަފުދެއް ޗައިނާއަށް ވަޑައިގެންނެވި އިރު މިހާރުވެސް އިގުތިސާދީ މަޝްވަރާތަކަކަށްޓަކައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވެސް މިހާރު ތިއްބެވީ ޗައިނާގަ އެވެ.

ކިޔުންތެރިންގެ ހިޔާލު