ކަރަންޓުގެ ހާލަތު ރަނގަޅުކުރަން މި އަހަރުގެ މިހާތަނަށް 43 ޖެނެޜޭޓަރު އަލަށް ގެނެސް އިންސްޓޯލްކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފަނަކައިން މިއަދު ނެރުނު ބަޔާނުގައި ބުނީ މި އަހަރު ފެށުނުއިރު ވަރަށް ގިނަ ރަށް ރަށުގައި ހުރި ކުންފުނީގެ ޖަނަރޭޓަރުތަކުގެ ހާލަތު ހުރީ ރަނގަޅު ކުރަންޖެހި ރަށް ރަށުގެ ކެޕޭސިޓީ ވެސް އިތުރުކުރަން ޖެހިފައި ކަަމަށެވެ.

ހަމަ އެހެންމެ ވަރަށް ގިނަ ޖެނެރޭޓަންތަކެށް ހުރީ އޯވަރހޯލް ކުރަންޖެހިފައި ކަމުގައި ފެނަކައިން ބުނެއެވެ.

އެެހެންވެ އާ މެނޭޖްމެންޓް ފެށުމާއިއެކު މިހާރުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ފަށާފައިވަނމާ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

"އެގޮތުން ޖަނެރޭޓަރު ބޭނުންވާ ތަންތަނަށް ޖަނެރޭޓަރު ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދިޔައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރުގައި 20 ރަށަކަށް އައު ޖަނެރޭޓަރު ވަނީ ފޮނުވިފައެވެ. ޖަނެރޭޓަރު ފޮނުވުނު ރަށް ރަށުގައި ކަރަންޓު އުފެއްދުމަށް ހުރި އުނދަގޫތައް ވަނީ ފިލުވާލެވިފައެވެ. އޭގެ އިތުރުން ވަރަށް ގިނަ ރަށް ރަށުގެ އޯވަހޯލް ކުރުމާ އެހެން އިންޖިނިއަރިންގ މަސައްކަތްތަކެއް ވެސް ކުރެވުނެވެ. އަދި ފުރަތަމަ ކުއާޓާނިމި މިޔަދާ ހަމައަށް ދިޔައިރު ކުންފުނީގެ މިހާރު އިތުރަށް 43 ޖަނެރޭޓަރު އަލަށް ގަނެވި އެކި ރަށް ރަށުގައި އިންސްޓޯލް ވަނީ ކުރެވިފައެވެ." ފެނަކައިން ނެރުނު ބަޔާނުގައި ވެއެވެ.

އެހެންކަމުން ވަރަށް ގިނަ ރަށް ރަށުގެ ހާލަތު އަހަރު ފެށުނުއިރު ހުރި ވަރަށް ވުރެ ރަނގަޅު ކުރެވިފައިވާއިރު، މިހާރު ވެސް ޖަނެރޭޓަރުތައް އިތުރަށް އޯވަރ ހޯލް ކުރުމާ ބޭނުންވާ ސްޕެއަރ ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން