ފުރަތަމަ ފަހަރަށް އަރަބި ބަސް ކިޔަވައިދިނުމަށް ބޭރުގެ އިންސްޓިޓިއުޓެއް ރާއްޖޭގައި ގާއިމް ކުރަން މަޝްވަރާކޮށްފި އެވެ.

ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމަށް އިސްޓިޓިއުޓެއް ގާއިމް ކުރުމުގެ ޝައުވެރިކަން ފާޅުކޮށްފައިވަނީ ސައުދި އަރަބިއްޔާގެ ޔުނިވާސިޓީއެއް ކަމަށްވާ، އަލް އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ނެވެ.

އެ ޔުނިވާސިޓީއިން، އިންސްޓިއުޓެއް ހުޅުވުމަށް ޝައުގުވެރިކަން ފާޅުކޮށް، މިމަހުގެ 18 ވީ ބުރާސްފަތިދުވަހު، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާކަމަށް ހަޔާ އެޑިއުކޭޝަނުން މިއަދު ވަނީ ބުނެފަ އެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ، އަޙްމަދު ޝަފީއު އަދި ޑރ. އަބްދުﷲ ނަޒީރެވެ. އަދި އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު ޔުނިވާރސިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޔުނިވާސިޓިގެ ވެރިންނެވެ.

އަރަބިކް ލެންގުއެޖް އިންސްޓިޓިއުޓްގެ ނަމުގައި ގާއިމުކުރާ އިންސްޓިއުޓް ރަޖިސްޓްރީކުރުމުން ދިވެހިރާއްޖެއާއި ސަޢުދި އަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެކަން ވެސް މި ބައްދަލުވުމުގައި ދެ ފަރާތުންވަނީ ފާހަގަކުރައްވާފައެވެ.

ސަޢުދީ އަރަބިއްޔާގެ ޔުނިވާސިޓީއަކާއި ގުޅިގެން، މިފަދަ ތައުލީމީ މަރުކަޒެއް ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ދަރިވަރުންނަށް އަރަބި ބަސް ދަސްވެ، އެބަހުގައި ކުރިއަރައިގެން ދިޔުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށާއި އަދި އެ އިންސްޓިއުޓަކީ އަރަބި ބަސް އުގެނުމަށް ޝައުގުވެރިވާ ރާއްޖެއިން ބޭރު ދަރިވަރުންނަށް ވެސް ހުޅުވިފައިވާ ފުރުސަތަކަށްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން