ރާއްޖޭގައި ޓިކްޓޮކްގައި ހަރަކާތްތެރިވާ ބައެއްގެ ދެމެދުގައި ހިނގި ދެ ބަސްވުމެއް ހޫނުވެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ބުނީ ދެ މީހަކު ހައްޔަރުކުރަން ޖެހުނީ ޓިކްޓޮކްގެ ތެރެއިން އުފެދުނު ދެބަސްވުން ހޫނުވެ މާފަންނުގެ ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ.
ނަމަވެސް އެ ދެ މީހުންވެސް ފަހުން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ދިވެހިން ޓިކްޓޮކްގެ ލައިވްތަކުގައި ޒުވާބުކުުރުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ.
އަދި އެފަދަ ޒުވާބުތައް ހޫނުވެ މީގެ ކުރިންވެސް މާރާމާރީއާ ހިސާބަށް ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު