ކާނާ ވިހަވި ފުލުހުންގެ ތެރެއިން ހުކުރު ދުވަހު ވޯޑަށް ބަދަލުކޮށްފައިވާ ދަރިވަރު މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
މިދިޔަ ބުދަ ދުވަހު ކާނާ ވިހަވީ އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގައި ތަމްރީން ހަދަމުންދިޔަ ފުލުހުންތަކެކެވެ.
އެގޮތުން 32 ފުލުހަކު ކާނާވިހަވެގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކުރި އިރު ފަސް ފުލުހަކަށް އައިސީޔޫގައި ފުރަތަމަ ފަރުވާ ދިނެވެ. ނަމަވެސް ފަހުން އައިސީޔޫގައި ފަރުވާ ދެމުން ދިޔައީ ދެ ފުލުހުންނަށް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އެ ދެ ފުލުހުންގެ ހާލު ވެސް ރަނގަޅުވަމުން ދިޔުމާއިއެކު ފަހުން ފަރުވާ ދެމުންދިޔައީ ވޯޑުގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ އޭގެ ތެރެއިން އެންމެ ފުރަތަމަ ވޯޑަށް ބަދަލުކޮށް ފަރުވާ ދެމުންދިޔަ ދަރިވަރު މިހާރުވަނީ ހޮސްޕިޓަލުން ގެއަށް ބަދަލުކޮށްފައި ކަމަށެވެ.
އެހެންކަމުން ވޯޑުގައި ފަރުވާދެމުން މިހާރު ދަނީ އެންމެ ދަރިވަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު