ފޮޓޯ: އެމްއެމްއޭ
ފޮޓޯ: އެމްއެމްއޭ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުގަައި ހުންނެވި ޢަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ހާޝިމް ވަކިކުރުމަށް އެޖެންޑާ ކޮށްފައިމިވަނީ, ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މާލީ ކަންކަމުގައި ގަވަރުނަރު ލަފާ ނުދެއްވާކަމަށް ބުނެ މަޖިލީހަށް ވެއްދި މައްސަލާގައި ކޮމެޓީގައި ބަހުސްތައް ކުރިއަށް ގެންދިޔުމަށްފަހުއެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ހުށަހެޅުއްވި މި މައްސަލާގައި ބުނެފައިވަނީ, ގައުމުގެ އިގުތިސާދު ހީނަރުވެގެން ދިޔައިރު މަނިޓަރީ ޕޮލިސީ އެންމެ އެކަށީގެންވާ ގޮތުގައި ހިންގިފައި ނެތްކަމަށާއި މިހާލަތަށް ވެއްޓުނު އިރުވެސް އެމްއެމްއޭގެ ގާނޫނުގައި ބުނެފައިވާ މަގުސަދުތައް ހާސިލު ކުރެވިފައި ނުވާކަމަށެވެ.

މި މައްސަލާގައި ޖަވާބުދާރީ ވުމަށް ކޮމެޓީ މަރުހަލާގައި ހާޝިމަށް ވަނީ ދެ ފަހަރެއްގެ މަތިން ފުރުސަތު ދީފައެވެ. ނަމަވެސް, އާލާސްކަންފުޅާ އުޅުއްވާތީކަމަށް ވިދާޅުވެ އޭނާ މަޖިލީހަށް ހާޒިރުވެފައިނުވެއެވެ. އެކަން ސަރުކާރަށް ނިސްބަތްވާ މެންބަރުން ނެންގެވީ މަޖިލީހަށް “ފިލުން” ކަމަށެވެ.

ކޮމެޓީއަށް ހާޒިރުވެވަޑައިނުގެންނެވި ނަމަވެސް ހާޝިމް ވަނީ ރިޕޯޓެއްގެ ސިފައިގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ, ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރު ދެއްވަމުން ގެންދެވި އެއްވެސް ލަފައަކަށް ސަރުކާރުތަކުން އަމަލު ކޮށްފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން