އެމްޑީޕީގެ ވެރިކަމުގައި ޤާނޫނީ ފަންނުގެ ގާނޫނު ވުޖޫދަށް ގެނައީ ހެޔޮ ނިޔަތުގައި ކަމަށް އިދިކޮޅު އެމް.ޑީ.ޕީ ގެ ޕީ.ޖީ ލީޑަރ، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ، ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފެވެ.
އެގޮތުން ސަރުކާރުން ހުށައަޅާފައިވަނީ ބާރ ކައުންސިލްގެ އެކްސްކޯއިން ބަންޑާރަނާއިބު ވަކިކުރުމަށާއި ބޭރުޤައުމުތަކުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުންވެސް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭގޮތަށް ޤާނޫނު އިސްލާޙު ކުރުމަށެވެ.
މިބިލުގެ ބަހުސްގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ނާޒިލް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މި ގާނޫނު ވުޖޫދަށް ގެނައީ ހެޔޮ ނިޔަތުގައި ކަމަށާއި ބަންޑާރަނައިބު ހިމެނޭ ގޮތަށް ގާނޫނު އެކުލަވާލީ ޖުޑިޝަރީ ކޮމިޓީގެ ލަފާއާއެކު އެއީ އޭރު ރަނގަޅު ކަމެއްކަމަށް ފެނުމުން ކަމަށެވެ.
ނާޒިލް ވިދާޅުވީ މިޤާނޫނު ވުޖޫދު ކުރަންޖެހުނީ އަނިޔާވެރި ގޮތަކަށް މަރާލެވުނު ޔާމީން ރަޝީދުގެ މައްސަލައާ ގުޅިގެން އޭރު ކޯޓުގައި ވަކާލާތު ކުރައްވަމުން ގެންދެވި ވަކީލުންނާ ދޭތެރޭ އޭރު ކޯޓުތަކުން ކަންތައް ކުރެއްވި ގޮތުން ވަކީލުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ.
އެގޮތުން ކޯޓުތަކުން ވަކީލުންނަށް ސުލޫކީ ފިޔަވަޅު އަޅައި ސަސްޕެންޑް ކުރިކަމަށް ނާޒިލް ވިދާޅުވިއެވެ.
ނަމަވެސް މިއަދު ސަރުކާރުން ހުށައަޅުއްވާފައިވާ އިސްލާހުތަކަށްވެސް ތާޢީދު ކުރަށްވާ ކަމަށާއި ބިލަށް ގެނެވޭ އިސްލާހުތަކަކީ ރަނގަޅު އިސްލާހުތަކެއް ކަމަށް ނާޒިލް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު