މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
ރައްޔިތުން މިއަދު ގަރުދިޔަ އާއި ބަތް ކާންޖެހުނީ އެމްޑީޕީ ސަރުކާރުގެ ސަބަބުން ކަމަށް މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާ ބަހުސްކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޤާސިމް ވިދާޅުވީ އިޤްތިޞާދީ ގޮތުން ރާއްޖެއަށް މިހާލަތު މެދުވެރިވީ އެމްޑީޕީގެ ދެ ސަރުކާރާއި ޕީޕީއެމްގެ ސަރުކާރުން ނެގި ލޯނުތަކާއި ކުންފުނިތަކުން ޑަބަލްކޮށް ކުރަމުން ދިޔަ ހަރަދުތަކުގެ ސަބަބުން ކަމަށެވެ.

އަދި މިހާރު ދިވެހި ރައްޔިތުން އިނދަ ޖައްސާލައި ނިކަމެތި ހާލުގައި ގަރުދިޔަ އާއި ބަތާ ކާން ޖެހޭ ހިސާބަށް ފޮނުވާލީ މައިގަނޑު ގޮތެއްގައި މިދިޔަ ސަރުކާރުން ކަމަށް މިދިޔަ ސަރުކާރުގެ ކޯލިޝަން ޕާޓްނަރ ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

“އިސްވެދިޔަ ސަރުކާރުން މިއަދު މިޙާލަތަށް ވައްޓާލީމާ މިއަދު މިޤައުމު މިޙާލަތުގައި މިއޮތީ.” ޤާސިމް މިއަދު ވިދާޅުވިއެވެ.

އަދި އެކަން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ ވާހަކައިން ވެސް އެނގޭ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ގަވަރުނަރު މަޤާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސް ޑރ. މުޢިއްޒު މަޖިލީހުގެ މެންބަރަކަށް އެއްޗެއް އަންގަވާފައި ނެތް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު މިހާރު ނިންމާފައިވާ ނިންމުމާ ގުޅިގެން މި މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ޖެހިވަޑައިގެންނެވި ކޮންމެ ފިޔަވަޅެއް އެޅުން މުހިންމު ކަމަށް ވެސް ގާސިމް މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން