ފުލުހުން ކަމަށް ބުނެ މަކަރާ ހީލަތުން މެއިލްތަކެއް ފޮނުވަމުން ދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން އަންގާ އެންގުމެއްކަމަށް ސިފަވާގޮތަށް ބައެއް ފަރާތްތަކަށް އީމެއިލް ތަކެއް ލިބެމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް ދައުރު ވަމުންދާ އީމެއިލް ތަކަކީ ފުލުހުންގެ ފަރާތުން ފޮނުވަމުން ގެންދާ މެއިލްތަކެއް ނޫން ކަމަށާއި އެފަދަ މެއިލްތައް ފޮނުވުމަކީ މަކަރާއި، ހީލަތް ހަދައި އޮޅުވާލައިގެން ނަހަމަގޮތެއްގައި ފައިދާ ހޯދާ ފަރާތްތަކުން ބޭނުންކުރާ އާއްމު އުކުޅެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

"މިފަދަ މެއިލްތަކަށް ރިޕްލައިކޮށް، ހިމެނޭ ލިންކުތަކަށް ނުފިތުމަށް އިލްތިމާސް ކުރަން." ޝިފާން ވިދާޅުވިއެވެ.



މަކަރާއި ހީލަތުން ފައިސާ ހޯދާ މިފަދަ މައްސަލަތަކަކީ ތަހުގީގުކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ މައްސަލަތަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުން ވެފައި އޮންނަނީވެސް އުނދަގޫ މަސައްކަތަކަށެވެ. މިފަދަ މައްސަލަތަކަށް ސަމާލު ވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން