ހަރަދު ކުޑަކުރުމުގެ ގޮތުން ދިވެހީން ގަރުދިޔައާއި ބަތް ކާން ޖެހިފައިވާކަމަށް ރައީސް އޮފީހުގެ އިސް ބޭފުޅަކު ވިދާޅުވެފައިވާތީ އެކަމާއި ގުޅުވައި ގަރުދިޔަ އާއި ބަތް ކެއުމުގެ އިވެންޓެއް އެމްޑީޕީން ކުރިއަށް ގެންގޮސްފިއެވެ.

ސަރުކާރު ހިންގާ ޕީއެންސީ އިން މިފަހުން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ އާރިފުވަނީ ސަރުކާރުން ހަރަދު ކުޑަކުރުމަށް މިހާރު ފަށާފައިވާ މަސައްކަތުގައި ރައްޔިތުން ވެސް ބައިވެރިވާން ޖެހޭކަމަށާއި, ޓޭކްއަވޭއަށް ބަރޯސާ ނުވެ ގަރުދިޔައާއި ބަތް ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ޖެހިލަން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

އާރިފު އެހެން ވިދާޅުވުމުން ގިނަ ބަޔަކުވަނީ ސަރުކާރުގެ އިސް ބޭފުޅަކު އާންމު ރައްޔިތުންނަށް ނިސްބަތްކޮށް އެހެން ވިދާޅުވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އާރިފު އެހެން ވިދާޅުވުމުން އެކަމާ ގުޅުވައި އެމްޑީޕީން ރޭ ވަނީ “ދިވެހީންގެ ފަހުރުވެރި ގަރުދިޔަ ކާލަން އާދޭ” މި ނަމުގައި ގަރުދިޔަ ކެއުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ދަނޑިކޮށި ޖަގަހައިގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވެސް ހިމެނެއެވެ.

ރޭ ބޭއްވި މި އިވެންޓުގައި ގަރުދިޔަ ހިމެނޭހެން ގިނަ އަދަދެއްގެ ދިވެހި ކެއުންތައް ވަނީ ހިމަނާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން