އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
އައްޑޫއަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ބުނީ ކަރަންޓު ކެނޑުނީ އެޗްވީ ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އަދި އެއާއެކު ރޭ 10:28 ގައި ވަނީ ކުއްލިގޮތަކަށް ކަރަންޓު ކެނޑިފައިކަން ފެނަކައިން ވަނީ ޔަގީންކޮށްދީފަ އެވެ.
ފެނަކައިން ބުނީ ޖަނަރޭޓަރުތައް އަލުން ހިންގައި، ހިތަދޫގެ ބައެއް ސަރަހައްދުތައް ފިޔަވައި، ގުޅިފައިވާ ރަށްތަކުގައި ކަރަންޓް އިޔާދަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
"ހިތަދޫގެ ލޯޑު ނުދެވިހުރި ސަރަހައްދުތަކަށް ލޯޑު ދިނުމުގެ މަސައްކަތް ކުރެވެމުންދާއިރު ރައްޔިތުންނަށް ކުރިމަތި ވާނެ އުނދަގޫތަކަށް މަޢާފަށް އެދެމެވެ." ފެނަކައިން އިތުރަށް ބުނެފައި ވެއެވެ.
ފެނަކައިން މިދިޔަ އާދިއްތަ ދުވަހު ބުނި ގޮތުގައި މި އަހަރު ފެށުނުއިރު ވަރަށް ގިނަ ރަށް ރަށުގައި ހުރި ކުންފުނީގެ ޖަނަރޭޓަރުތަކުގެ ހާލަތު ހުރީ ރަނގަޅު ކުރަންޖެހި ރަށް ރަށުގެ ކެޕޭސިޓީ ވެސް އިތުރުކުރަން ޖެހިފައި ކަަމަށެވެ.
އަދި ކަރަންޓުގެ ހާލަތު ރަނގަޅުކުރަން މި އަހަރުގެ މިހާތަނަށް 43 ޖެނެޜޭޓަރު އަލަށް ގެނެސް އިންސްޓޯލްކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު