ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
އެމް.އެމް.އޭ ގެ ގަވަރުނަރު ބޭރުކުރިގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްވެސް ބޭރުކުރަން ޖެހިދާނެކަމުގެ އިންޒާރު ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސް ވަގުތުގައި މެންބަރު އައްބާސް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލާއި ފަނޑިޔާރުންވެސް އެބޭފުޅުންގެ ޤާނޫނީ ޒިންމާ އަދާކުރަށްވަން ޖެހޭކަމަށެވެ.

އެގޮތުން މިވަގުތު އެންމެ މުހިއްމު އެއްކަމަކީ ވާނުވާގެ މައްސަލަ ޙައްލު ކުރުން ކަމަށާއި އެކަމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިދީފައިވާ ބާރުގެ ބޭނުންކޮށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލަކީ ދަޢުލަތް ތަމްސީލް ކުރަށްވާ ބޭފުޅެއް ކަމަށާއި އެއީ ދިވެހި ރައްޔިތުންގެ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށެވެ.

އެހެންކަމުން ޕްރޮސިކިއުޓާ ޖެނެރަލްވެސް މަޤާމުގެ ޤާނޫނީ ޒިންމާ އަދާކުރަންޖެހޭ ކަމަށާއި އަދި ޒިންމާ އަދާނުކުރެވޭނަމަ އަމިއްލައަށް އިސްތިއުފާ ދެއްވަންޖެހޭ ކަމަށް މެންބަރު އައްބާސް ވިދާޅުވިއެވެ.

“އެހެންނޫނީ ގަވަރުނަރު ބޭރުކުރިގޮތަށް އަޅުގަނޑުމެން ބޭރުކުރާނަން.” އައްބާސް މިއަދު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން 20 ވަނަ މަޖިލީހަކީ ނަޒާހާތްތެރި މަޖިލީހެއް ކަމަށާއި ރައްޔިތުންއެދޭ ގޮތަށް މަސައްކަތް ނުކުރަށްވާ އެއްވެސް ބޭފުޅަކު އިސްމަޤާމެއްގައި ހުންނަވަން ފުރުސަތު ނާރުވާނެ ކަމަށްވެސް އައްބާސް މިދާޅުވިއެވެ.

އައްބާސް މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ ޖުޑިޝަރީއަށް އަތްބާނާ ނުފޫޒު ނުފޯރުވާނެ ބޭފުޅެއްނޫން ކަމަށާއި އެހެންކަމުން ޖުޑިޝަރީންވެސް މައްސަލަތައް ހަލުވިކަމާއެކު ނިންމުމަށް މަސައްކަތް ކުރުމަށް އައްބާސް މިއަދު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން